ސަރުކާރުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލުގެ ގާނޫން އިސްލާހެއް ހުށަހަޅުއްވިފިއެވެ.

28 މާރޗް 2016

ސަރުކާރުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލުގެ ގާނޫނަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އިސްލާހެއް ހުށަހަޅުއްވިފިއެވެ. ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ 44 ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވައި 5 މެންބަރަކު ތިއްބެވިއެވެ.
މިބިލަށް ހުށަހެޅު އިސްލާހު އިތުރަށް މުރާޖިޢާ ކުރުމަށްޓަކައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.